Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން: 15 ދިވެއްސަކު ވަނީ ރަހީނުކޮށްފައި

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުންތަކެއް ހިންގަމުންދާއިރު، އެ ރަށުގައި 15 ދިވެހިން އެބަތިބި ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މުވައްޒަފުންތަކެއް އަންނަނީ ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގަމުންނެވެ. ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުލިބި ލަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ ރަށުގައި 200 އެއްހާ ބިދޭސީން އެބަތިބި ކަމަށާއި ދިވެހިންގެ ގޮތުގައި ތިބީ 15 މީހުން ކަމަށެވެ. އަދި އެ ރީޖަންގައި ހިމެނޭ ފުލުހުންގެ ޓީމަކުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އޭނާ އަށް މިހާރު އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިތުރު ތަފްސީލް އަންނަނީ