Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ބިދޭސީ މީހާ މަރުވީ ކޮވިޑްގެ ސަބަބުނެއް ނޫން، ކެންސަރު ބަލީގައި

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

ކޮވިޑް-19 ގައި ރާއްޖެއިން 11 ވަނަ މީހަކު މަރުވި ކަމަށް އިއުލާންކުރުމަށްފަހު، އެމީހާ މަރުވީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އިންޑޮނީޝިއާ އަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެން މީހާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެމީހާ މަރުވީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑްގައި ރާއްޖޭގައި މިހާތަނަށް ހަތަރު ދިވެއްސަކާއި ހަ ބިދޭސީން ވަނީ މަރުވެފައެވެ. ބިދޭސީންގެ ތެރެއިން އެކަކު މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑަށް 2400 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 1،969 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 416 މީހުންނެވެ.