Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ސިބްކޯ އިން ބޮޑު އީދާ ދިމާކޮށް ޕްރޮމޯޝަނެއް ފަށައިފި

ސިބްކޯ އިން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސިބްކޯ އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނިން ވިއްކާ ފަލަކް ސުޕާ ބާސްމަތީ ހަނޑޫގެ ކޭހެއް ގަތުމުން ފަސް ކިލޯގެ ހަނޑޫ ޕެކެޓެއް ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ނުވަތަ ސްޓޮކް ހުސްވަންދެން ކަމަށް ސިބްކޯ އިން މައުލޫމާތު ދެއެވެ.

މާލޭގެ އިތުރުން ސިބްކޯގެ ފިހާރަތައް ފުވައްމުލަކު އަދި އައްޑޫ ސިޓީގައި ވެސް ވަނީ ހުޅުވާފައެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.