Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

28،000 ބަސްތާގެ ކާޑު އަތޮޅުތަކަށް ފޮނުވައިފި

މިދިޔަމަހު 28،124 ބަސްތާ ކާޑު އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މިދިޔަ މަހު މުޅި ޖުމްލަ 398 އޯޑަރަށް ބޭނުންވާ ކާޑުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 11559 ބަސްތާ ހަނޑުލާއި 3543 ބަސްތާ ހަކުރާއި 13022 ބަސްތާ ފުށެވެ.

އަތޮޅުތެރޭގެ އިތުރުން މާލޭގެ އެކިއެކި ފިހާރަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލު ވެސް އެސްޓީއޯ އިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެގޮތުން 2034 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 21542 ބަސްތާ ހަނޑުލާއި، 4574 ބަސްތާ ހަކުރާއި، 14007 ބަސްތާ ފުށެވެ.

އެސްޓިއޯއިން ބުނެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑު ބަރާބަރަށް ހުރި ކަމަށާއި އެކަމުގައި ދަތިކަމެއް ނޫޅޭނެކަމަށެވެ.
އެގޮތުން އެސްޓީއޯ އިން އަންނަނީ ކާޑުގެ ބާވަތްތައް ކުރިއަށް އޮތް 10 މަސް ދުވަހަށް ހުސްނުވެ ލިބޭނެ ވަރަށް ރާއްޖެ ގެނެސް ރައްކާކުރުމަށް މަސައްކަތް ކުރަމުންނެވެ.