Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އިތުރު 40 ތަނެއް ބަންދުކޮށް، މާސްކު ނާޅައި އުޅުނު ހަތަރު މީހަކު ޖޫރިމަނާކޮށްފި

އެޗްޕީއޭގެ ގައިޑްލައިނަށް ނުފެތޭ އިތުރު 40 ތަނެއް ބަންދުކޮށް، މާސްކު ނާޅައި އުޅުނު ހަތަރު މީހަކު ޖޫރިމަނާކޮށްފިއެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ފުލުހުން މިއަދު ވަނީ ފަށާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާސްކް ނާޅާއި އުޅުން 116 މީހަކު ފާހަގަކުރެވި އެމީހުންނަށް ފުލުހުން ނަސޭހަތްތެރިވި ކަމަށެވެ.

އަދި މިއަދު މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް ދެވަނަ ފަހަރަށް ނަސޭހަތް ދިނުމުން ވެސް މާސްކު އަޅާފައިނުވާތީ ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން އިތުރު 40 ތަނެއް ވެސް ބަންދުކޮށްފައެވެ. ނަޒްލާ ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަނުގެ ތެރެއިން 189 ތަނެއް ބަލާފައިވާ ކަމަށާއި އޭގެތެރެއިން ބަންދުކޮށްފައިވަނީ 9 ސެލޫން އަކާއި، 14 ފިހާރައަކާއި ކާބޯތަކެތީގެ ހިދުމަތްދޭ 16 ތަނެއްގެ އިތުރުން އަދި މާރުކޭޓެއް ކަމަށެވެ.

މި އިންސްޕެކްޝަން ފެށިފަހުން ގިނަ ތަންތަނުން ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.