Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިއަދު 107 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 107 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި 107 މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،679 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2449 މީހުންނަށެވެ. އެގޮތުން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3208 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ ރޭގަނޑު 10 އިން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ.

މިވަގުތު މި ބައްޔާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއް މޮނީޓަރިންގެ ހާލަތުގައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.