Last Updated: April 19, 06:08
Friday, April 19, 2024
ޚަބަރު

ލިބުނީ ނުރަނގަޅު މައުލޫމާތެއް، މައާފަށް އެދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ނިޔާވި ކަމަށް ބުނެވުނީ ލިބުނު ނުރަނގަޅު މައުލޫމާތެއްގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައިމޫނާގެ މަންމާފުޅު ނިޔާވި ކަމަށް ވިދާޅުވެ ނަޝީދު ވަނީ މިއަދުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ޓްވީޓް ކުރެއްވިތާ އިރުކޮޅެއްފަހުން ނަޝީދު ވަނީ އެ ޓްވީޓު ޑިލީޓްކޮށްލާފައެވެ.

މައިމޫނާގެ މަންމާފުޅު ނިޔާވި ކަމަށް ނަޝީދަށް ޓްވީޓު ކުރެވުނީ އޮޅުމަކުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ފަހުން ބުނެފައެވެ.

އެކަމާ ގުޅިގެން ނަޝީދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު މައިމޫނާ ކުރައްވާ ބުރަ މަސައްކަތް ހިތަށް އަރާ ކަމަށާއި އަދި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމާފުޅު ބަލިވުމުން ވާނެ ގޮތް ވެސް އިހުސާސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ނުރަނގަޅު މައުލޫމާތެއް ލިބުނީ. އެކަމަށް ނިހާޔަތަށް މައާފަށް އެދެން. އަދި މައިމޫނާ މަންމަ އަށް އަވަސް ޝިފާއަކަށް އެދެން" ނަޝީދު ވިދާޅުވިއެވެ.