Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ވަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީން ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 26 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢަކީ 99.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނީ ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 870،1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓެއްލާފައިވާ ކަމަށެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން 47 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަދި ރ. އަތޮޅުގައި 4 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.