Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 67 މީހުން

މިއަދު ރާއްޖެއިން 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 23 ބިދޭސީން ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9494 އަށް އަރާފައެވެ. މީގެތެރެއިން 1422 މީހުންނަށް ފަރުވާ ދެމުން އަންނައިރު 104 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8033 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 33 މީހަކު ނިޔާވެފައެވެ.