Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަނީ

ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފިލައިގެން އުޅޭތީ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފައިވަނީ އެމް.ޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ އެމީހާ އަކީ ސްޕޮންސާއަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ޤާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އިމިގްރޭޝަނުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.