Last Updated: April 20, 09:14
Saturday, April 20, 2024
ޚަބަރު

ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދިން ދެ މީހަކު ރަނގަޅުވެއްޖެ

ފުނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދިން ދެ މީހަކު ރަނގަޅުވެ މިއަދު ދޫކޮށްލައިފިއެވެ.

ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލާފައިވަނީ ނ.މާޅެންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެ މީހެކެވެ. އެ ދެ މީހުން ފުނަދޫގެ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މިހާތަނަށް ފުނަދޫ ކޯވިޑް ފެސިލީޓިން ވަނީ ކޮވިޑަށް ޕޮޒިޓިވްވި ހަތަރު މީހަކަށް ފަރުވާ ދީފައެވެ.

ފުނަދޫގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، 37 އައިސޮލޭޝަން އެނދު ހުރެއެވެ. މިއީ ހއ،ހދ،ށ ގެ ޒޯނުގެ ރަށްތަކަށް ނިސްބަތްވާ ފެސިލިޓީއެވެ.

ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ.