Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ހޯނޑެއްދޫން ޕޮޒިޓިވްވި 37 މީހަކު ރަނގަޅުވެއްޖެ

ހޯނޑެއްދޫ

ގދ.ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުުންގެ ތެރެއިން 37 މީހަކު ރަނގަޅުވެއްޖެ އެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭ 10:00 ގެ ނިޔަލަށް އެ ރަށުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން މި ބައްޔަށް އެ ރަށުން ޕޮޒިޓިވް ވެފައިވަނީ 45 މީހުންނެވެ.

އޭގެތެރެއިން 37 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު އުޅެނީ 6 ކޭސް އެވެ. އެ ރަށުން ބަލި ޖެހުނު ދެ މީހަކަށް ފަރުވާދެމުން އަންނަނީ ގއ. ކޮވިޑް ފެސިލިޓީގަ އެވެ.

އެ ރަށުން މިހާތަނަށް 388 ސާމްޕަލް ނަގާފައިވާ އިރު، 331 ސާމްޕަލް ނެގެޓިވްވެ، 12 ސާމްޕަލްގެ އަދި ނުލިބިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

އަދި އެ ރަށުގެ ތިން ގެއެއް މޮނީޓަރިން އަށް ލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހޯނޑެއްދުއަށް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާއިރު، އަލާމާތްތައް ހުރި މީހުންގެ ސާމްޕަލްތައް އަންނަނީ ނަގަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ހޯނޑެއްދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރަށަކަށް އަރައި ފޭބުން މަނާވާއިރު، އެ ރަށުގެ ސްކޫލްތަކާއި އާންމު ހިދުމަތްދޭ ތަންތަން ވެސް ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފައެވެ.