Last Updated: April 20, 06:38
Saturday, April 20, 2024
ވިޔަފާރި

ވޯލްޑް "ލީޑީން އެއާޕޯޓް" ގެ އެވޯޑަށް ވީއައިއޭ ނޮމިނޭޓް ވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: ގޫގުލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ "ލީޑިން އެއާޕޯޓް" ކެޓެގަރީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓް ވެއްޖެއެވެ.

ވީއައިއޭއާ އެކު މި އެވޯޑަށް ދުނިޔޭގެ 22 އެއާޕޯޓެއް ވަނީ ނޮމިނޭޓް ވެފައެވެ. އޭގެތެރޭގައި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، އެމެރިކާގެ ޖޭއެފްކޭ އިންޓަނޭޝަނަލް އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު ހިމެނެއެވެ.

މި އެވޯޑަށް މީގެކުރިން ވެސް ގިނަ ފަހަރުތަކެއްގެ މަތިން ވީއައިއޭ ނޮމިނޭޓް ވެފައިވީ ނަމަވެސް އެވޯޑު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި އެވޯޑުގެ އިތުރުން ވީއައިއޭ ވަނީ މިއަހަރު އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓުގެ އެވޯޑަށް ވެސް ނޮމިނޭޓްވެފައެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ވަނީ އިންޑިއާގެ ކަނޑުގެ ލީޑިން އެއާލައިންގެ ކެޓެގަރީ އަށާއި ލީޑިން އެއާލައިން ބްރޭންޑްގެ ކެޓެގަރީ އަށް ނޮމިނޭޓް ވެފައެވެ.

މި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރާނީ އަންނަ ނޮވެމްބަރު މަހު އެވެ.