Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އުމުރުން ދުވަސްވީ މީހުން މާލީ ދާއިރާއަށް ހޭލުންތެރިކުރުވަން ބައްދަލުވުމެއް

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ އެކި ބްރާންޗް ތަކާއި ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރި ވުމާއި މާލީ ދާއިރާއަށް ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސް މީހުންނަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްދިޔަ މި ބައްދަލުވުން ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގައި ކުރިޔަށް ގެންގޮސްފައި ކަމަށެވެ.

މި ބައްދަލުވުމުގައި ބޭންކިންގ އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނު ކަމަށާއި އަދި ވަކީން ހާއްސަކޮށް އެކި ކުންފުންޏާއި މުވައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ބައިވެރިންނަށް ވަނީ ކިޔާދީފައެވެ.

އެ ބައްދަލުވުމުގައި އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިންގ ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.