Last Updated: March 29, 02:52
Friday, March 29, 2024
ދުނިޔެ

ކޮވިޑް-19: އެމެރިކާގެ ނައިބު ރައީސްގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ޕެންސް ކޮވިޑަށް ޓެސްޓުކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ޕެންސްގެ ތަރުޖަމާނު ޑެވިން އޯ މާލީ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ޕެންސް ކޮވިޑަށް ޓެސްޓު ކުރާ ކަމަށާއި އެގޮތުން އެންމެފަހުން ހެދި ޓެސްޓުން ވެސް ޕެންސް އާއި އަނބިކަނބަލުން ކެރަން ޕެންސް ނެގެޓިވް ވެފައިވާ ކަމަށެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވީކަން ހާމަވީ އޭނާ އާއިއެކު ގާތުން މަސައްކަތް ކުރި މުވައްޒަފެއް ކަމަށްވާ ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެދި ޓެސްޓުގެ ނަތީޖާއިންނެވެ.

އުމުރުން 74 އަހަރުގެ ޓްރަމްޕް ހިމެނެނީ ކޮވިޑުގެ ހައި ރިސްކު ކެޓަގަރީގައެވެ. އެހެންވެ ވައިޓު ހައުސްގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ޓްރަމްޕްގެ ސިއްހީ ކަންކަން ކުރިއަށްދާ ކަމަށް ވައިޓު ހައުސްއިން މައުލޫމާތު ދެެއެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑު ޖެހިގެން ދެ ލައްކަ މީހުން ވަނީ މަރުވެފައެވެ.