Last Updated: April 25, 17:15
Thursday, April 25, 2024
ވިޔަފާރި

އެމްއައިބީއިން ހިތަދޫގައި ކޯލް ސެންޓަރެއް ހަދަނީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިތަދޫ ބްރާންޗަށް މުވައްޒަފުން ނެގުމަށް އިއުލާންކޮށްފިއެވެ.

އެމްއައިބީން ކުރި އިއުލާނެއްގައި ބުނީ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހިތަދޫ ބްރާންޗުގެ ކޯލް ސެންޓަރަށް ކަމަށެވެ. އެގޮތުން ފަސް މުވައްޒަފަކު ނެގުމަށް އިއުލާންކޮށްފައިވެއެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް އިމްތިހާނުން ދެ ފާސް ނުވަތަ އޯލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވުން ހިމެނެއެވެ. އަދި މީގެކުރިން ކޯލް ސެންޓަރެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ސީވީ އާއި ތައުލީމީ ލިޔުންތަކާއި އަދި އައިޑީ ކާޑު ކޮޕީއެއް އެމްއައިބީ އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.