Last Updated: April 25, 17:59
Thursday, April 25, 2024
ދުނިޔެ

ލަންކާއިން އިއްޔެ 132 މީހަކު ކޮވިޑަށް ޕޮޒިޓިވް

ސްރީލަންކާ އިން މިދިޔަ 24 ގަޑިއިރުތެރޭގައި 132 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން މި 132 މީހުން ވެސް ނިސްބަތްވަނީ ލަންކާގެ ގަމްޕަހާ ޕްރޮވިންސްގެ ގާމެންޓް ފެކްޓަރީ ކްލަސްޓާ އަށެވެ.

މި 132 މީހުންނާއެކު ލަންކާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5170 އަށް އަރާފައެވެ. އޭގެތެރެއިން 3357 މީހުން ރަނގަޅުވެފައިވާއިރު 293 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލީގައި ލަންކާ އިން ވަނީ 13 މީހަކު މަރުވެފައެވެ.

ފެކްޓަރީއާ ގުޅުންހުރި އިތުރު ބަޔަކު އިއްޔެ ޕޮޒިޓިވް ވެފައިވާއިރު، އެ ފެކްޓަރީގެ ކްލަސްޓާ އިން މިހާތަނަށް 1721 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ކޭސްތައް ލަންކާ އިން ގިނަ އަދަދަކަށް އަނެއްކާވެސް ފެންނަން ފަށާފައިވާތީ، އެގައުމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.