Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

ލަންކާ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 5000 އަަށް

ސްރީލަންކާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުން އިއްޔެ އެކަނި ވަނީ 121 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5536 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދު 3403 އަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި މިވަގުތު 303 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ލަންކާ އިން ވަނީ 13 މީހަކު މަރުވެފައެވެ.

ކޮވިޑްގެ ހާލަތު ރަނގަޅަށް އޮތުމަށްފަހު ލަންކާ އިން އަނެއްކާވެސް ގިނަ އަދަދަކަށް ކޭސްތައް ފެންނަން ފެށީ ގަމްޕަހާ ޕްރޮވިންސްގެ ގާމެންޓް ފެކްޓަރީގައި މަސައްކަތް ކުރާ މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ ކްލަސްޓާ އިން މިހާތަނަށް ވަނީ 1700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ކޭސްތައް ލަންކާ އިން ގިނަ އަދަދަކަށް އަނެއްކާވެސް ފެންނަން ފަށާފައިވާތީ، އެގައުމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.