Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 27 މީހުން

ކޮވިޑް ފެސިލިޓީއެއް --

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 27 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 16 ދިވެހިންނާއި 11 ބިދޭސީން ހިމެނޭ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނާއި އަތޮޅުތަކުންނެވެ. އެގޮތުން މާލެ ސަރަހައްދު 18 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން 9 މީހަކު ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،643 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 820 ކޭސް އެވެ. މި ބަލިން 10،779 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 54 މީހަކަށެވެ. މި ބަލީގައި 37 މީހަކު ވަނީ ނިޔާވެފައެވެ.