Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޝިޔާމް ހޮސްޕިޓަލުން ދޫކޮށްލައިފި

އަހުމަދު ޝިޔާމް - ފޮޓޯ: ޓްވިޓާ

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަވަނިކޮށް ހާލުކޮޅު ދެރަވުމާ ގުޅިގެން އޭޑީކޭ އެޑްމިޓްކޮށްގެން ޝިޔާމަށް ވަނީ ފަރުވާދޭން ފަށާފައެވެ. އޭޑީކޭގައި އެޑްމިޓް ކުރުމަށްފަހު ޝިޔާމް ކޮވިޑް-19 އަށް ޓެސްޓު ވެސް ކޮށްފައިވެއެވެ. އެގޮތުން އެ ޓެސްޓުގެ ނަތީޖާ އިން އޭނާ ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބުނީ ޝިޔާމް މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޝިޔާމްގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ ޝިޔާމްގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.