Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އިދިކޮޅު ކޯލިޝަނުގެ ސްޓިއަރިން ކޮމިޓީގެ އިންތިހާބު ފަށައިފި

އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު މިއަދު ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 18:00 ހަމަޔަށް ކުރިއަށްދާނެއެވެ. މާލޭގައި ވޯޓުލުން ކުރިޔަށްދަނީ ޢިއްޒުއްދީން ސުކޫލުގައެވެ.

މި އިންތިހާބު ގައި 1000 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާއިރު، ރާއްޖޭގެ 18 ސަރަހައްދެއްގައި މި އިންތިހާބު ކުރިއަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މި ކޮމިޓީތަކަށް މެމްބަރުން ހޮވާނީ ރަށުގެ އާބާދީގެ ނިސްބަތަށް ބަލާފައި ހަތް މެމްބަރުން ނުވަތަ ނުވަ މެމްބަރުން ނުވަތަ 11 މެމްބަރުންނެވެ. އަދި ކޮމިޓީގައި އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ ސްލޮޓެއް ކަނޑައަޅާފައި ވެއެވެ.

އިދިކޮޅުން ބުނެފައި ވަނީ މި އިންތިހާބަކީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ބާއްވާ އިންތިހާބެއް ކަމަށެވެ. އަދި މި އިންތިހާބުގެ ސަބަބުން އަތޮޅު ތެރޭގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.