Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ޖާބިރު ދޫކޮށް ބޮޗޭ ޔާމީން ސަލާމަތްކުރަން ނިކުންނަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ނައިބު ލީޑަރުގެ މަގާމުން އަބްދުﷲ ރިފާއު (ބޮޗޭ) އިސްތިއުފާ ދެއްވައިފި އެވެ.

ބޮޗޭ މިރޭ ވިދާޅުވީ ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމުންނާއި ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅޭގޮތުން ބޮޗޭ "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ މަގާމުތަކުން އިސްތިއުފާ ދެއްވި ނަމަވެސް ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ވެސް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ބޮޗޭ ވިދާޅުވެފައިވެއެވެ.

ބޮޗޭ މީގެކުރިން ހުންނެވީ ޕީޕީއެމްގައި ކަމަށްވާއިރު އޭނާ ޑީއާރްޕީއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ބޮޗޭ ވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.