Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަސީމަށް މަޖިލީހުން ރުހުން ދީފި

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ހެލްތު މިނިސްޓްރީ

އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދޭން ނިންމައިފިއެވެ.

މިއަދު އެކަމާ ގުޅިގެން މަޖިލީހުގައި ނެގުނު ވޯޓުގައި ނަސީމަށް ރުހުން ދޭން ފެންނަ ކަމަށް 66 މެމްބަރުން ވޯޓު ދެއްވިއެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ހެލްތު މިނިސްޓަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެގޮތުން އެ މަގާމަށް ނަސީމް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ނަސީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. ނަސީމް ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. ނަސީމު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.