Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އަނެއްކާވެސް ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ކ.އެނބޫދޫ ފިނޮޅުގެ ހުޅަނގު ދެކުނުން 6.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުޅިއެއް ހެރިފައިވަނީ "ވިލާ ވާލި" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ. އެމީހާ އަކީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އޭނާގެ ލޮލަށް ބުރި ހެރުމާ ގުޅިގެން އަވަސް ފަރުވާ އަށް ކޯސްޓުގާޑުގެ ލޯންޗެއްގައި މިއަދު މެންދުރު 3:58 ހާއިރު ހުޅުމާލެ އަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ 3:02 ހާއިރު އެވެ.