Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އުޒްބެކިސްތާން އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

އުޒްބެކިސްތާން އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.

އުޒްބެކިސްތާން އެއާވޭސްް އިން ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ މިއަދު އެވެ. އުޒްބަކިސްތާންއަކީ މެދުތެރޭ އޭޝިޔާގައި އޮންނަ އެންމެ ހިތް ގައިމު އެއް ގައުމެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ އެއާލައިންތަކުން ރާއްޖެ އަށް މިހާރު ވަނީ އަލުން ދަތުރުތައް ކުރަން ފަށާފައެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ އެއްލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީން މިއަދުގެ ނިޔަލަށް ރާއްޖެ އަށް ވަނީ ޖުމްލަ ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.