Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ހާލުކޮޅު ދެރަވެ މުއިއްޒު އެޑްމިޓް ކޮށްފި

ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ޕީޕީއެމް

ސިއްހީ ހާލުކޮޅު ދެރަވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޕީޕީއެމުން ބުނީ މުއިއްޒު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެޑްމިޓް ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ޕީޕީއެމުން ހާމައެއް ނުކުރެއެވެ.

އަދި މުއިއްޒުގެ ހާލުކޮޅު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއާ ހަވާލާދީ ޕީޕީއެމުން މައުލޫމަތުދެއެވެ.

މުއިއްޒު އަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ފަރާތެކެވެ.