Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

މަރަދޫ ރޫޓް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

އައްޑޫ ސިޓީ މަރަދޫ ރޫޓް ފިހާރަ ފަޅާލައިފިއެވެ.

ފުލުހުން ބުނީ އެ ފިހާރަ ފަޅާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔަ ތަކެތީގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށްވާއިރު، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.