Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ލ.ގަން މޮނީޓަރިން ހާލަތުން ނަގައިފި

ލ.ގަން

ލ.ފޮނަދޫ އިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، މޮނީޓަރިން ހާލަތަށް ގެނައި ލ.ގަން މޮނީޓަރިން ހާލަތުން ނަގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފޮނަދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދެއްވަދޫން އެ ރަށަށް ދިޔަ ހަތަރު މީހެކެވެ.

އެޗްޕީއޭއިން ވަނީ ގއ. ދެއްވަަދޫއަށް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދަތުރުކޮށްފައިވާ ފަރާތްތައް އެންގުމަށް އެދިފައެވެ. އެގޮތުން ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.