Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފޮނަދޫގެ މޮނީޓަރިން ހާލަތު އުވާލައިފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނީޓަރިން ހާލަތަށް ގެނައި ލ.ފޮނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފޮނަދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދެއްވަދޫން އެ ރަށަށް ދިޔަ ހަތަރު މީހެކެވެ. އެ ކޭސްތަކާއި ގުޅިގެން ފޮނަދޫ އާއި ލ.ގަން ވެސް މޮނީޓަރިން ހާލަތަށް ގެނެސްފައިވެއެވެ. ނަމަވެސް ގަން ވެސް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

އެ ދެ ރަށް އާންމު ހާލަތަށް ގެނެސްފައިމިވަނީ އެ ދެ ރަށުން ނެގުނު 388 ރެންޑަމް ސާމްޕަލް ކޮވިޑަށް ނެގެޓިވްވުމާ ގުޅިގެންނެވެ.