Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހުޅުމާލޭގައި މޫދަށް އެރި އުޅުނު 86 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލެ - ފޮޓޯ: ސަން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވި މީހާ އަކީ 86 އަހަރުގެ ދިވެއްސެއް ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 12:30 ހާއިރު ކަމަށެވެ.

އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.