Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މިސްކިތެއްގައި ހުރި ދިވެއްސަކަށް އިންޑިއާ މީހަކުު ހަމަލާދީފި

ހުޅުމާލޭގެ މިސްކިތެއްގައި ހުރި ދިވެއްސަކަށް އިންޑިއާ މީހަކުު ހަމަލާދީފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކު ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި އިންޑިއާ މީޙާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.