Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 50 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 50 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،375 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 845 ކޭސް އެވެ. މި ބަލިން 13،474 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 61 މީހަކަށެވެ. މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.