Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އިޓަލީގެ "ސަލާމީ" ބޭނުން ނުކުރުމަށް އަންގައިފި

އިޓަލީގެ ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތެއް ހިމެނޭ "ސަލާމީ" ނުވިއްކުމަށާއި ބޭނުން ނުކުރަން ފުޑް އެންޑް ޑުރަގް އޮތޯރިޓީން (އެފްޑީއޭ) އިން އަންގައިފި އެވެ.

އެފްޑީއޭ އިން އެގޮތަށް އެންގީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އިޓަލީގެ "ސަލާމީ" ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެންގުމުންނެވެ.

އެފްޑީއޭ އިން ބުނީ، އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެކަމާގުޅޭ އިތުރު މައުލޫމާތެއް ބޭނުންނަމަ 3014361 ނަންބަރު ފޯނަށް ގުޅުމަށް އެފްޑީއޭ އިން އެދެއެވެ.