Last Updated: April 25, 08:46
Thursday, April 25, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް 55،000 ޓޫރިސްޓުން

ލޮކްޑައުންއަށް ފަހު ރާއްޖެއަށް އެތެރެވި ފުރަތަމަ ފަތުރުވެރިން: ފޮޓޯ - ސަން

މި މަހުގެ މިހާތަނަށް ރާއްޖެއަށް 55،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ވަނީ 55،727 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު 4،160 މީހުން އައިސްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ ރަޝިއާއިންނެވެ. އެ ގައުމުން 13،759 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ އިންޑިއާއިން ނެވެ. އެ ގައުމުން 9،932 މީހުން އައިސްފައިވެ އެވެ.

ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ. އެގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.