Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ކޮވިޑްގެ އެކްޓިވް ކޭސް 1،017 އަށް

ކޮވިޑް ފެސިލިޓީއެއް --

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 79 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 36 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި 35 ކޭސްއެއް ރިސޯޓުތަކުން ވެސް ވަނީ ފެނިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،712 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1017 ކޭސް އެވެ. މި ބަލިން 13،639 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 79 މީހަކަށެވެ. މި ބަލީގައި 49 މީހަކު ވަނީ ނިޔާވެފައެވެ.