Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސަންގެލި ރިސޯޓުން ޕޮޒިޓިވްވީ މުވައްޒަފުންގެ އަދަދު 70 އަށް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީ.ސީ.އާރު ޓެސްޓް ޕޮސިޓިވްވުމުންނެވެ. މިކޭސް އާއި ގުޅިގެން 8 ކޮންޓެކްޓުން ކަރަންޓީންކުރެވުނު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 4 ސްޓާފުން ޕޮސިޓިވް ވެފައިވާ ކަމަށާއި އަދި ރެންޑަމް ސާމްޕްލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ރިސޯޓުން އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ނަގާފައިވާއިރު އެ ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. އެއީ މުޅީންވެސް މުވައްޒިފުންނެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު އެބަ ތިއްބެވެ.