Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އުރީދޫން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ޕްރީ އޯޑަރަށް

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ވެސް ލިބޭނެއެވެ.

ޕްރީއޯރޑަރ ކުރައްވާ ކޮންމެ ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކުވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިންހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

ސެމްސަންގް ފަހުގެ ފޯނު ވިއްކާ އަގު

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް: އަގު 22،799ރ.
ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް: އަގު 27,399ރ.

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރ ޙާއްސް އޮފަރގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބޭނެއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.
މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.