Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހަނިމާދޫ އަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދަނީ

ހުޅުމާލެ އިން ހދ.ހަނިމާދޫ އަށް ދަތުރުކުރި ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުން ކަމަށެވެ. މިސަފާރީ އަކީ "ނައުޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށާއި އެ ސަފާރީގައި ތިބި ހަ މީހުން މިހާރު ތިބީ ޑައިވިން ދޯނީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ސަފާރީގައި ތިބީ ފަ ދިވެހިންނާއި ބިދޭސީއެއް ކަމަށްވާއިރު އެ އެންމެންނަކީ ވެސް ސަފާރީގެ ފަޅުވެރިންނެވެ.

އެމްއެންޑީއެފްގެ ފަޔާ ލޯންޗު މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ ދަންވަރު 3:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.