Last Updated: March 1, 09:02
Monday, March 1, 2021
ޚަބަރު

ކޮޅުފުށި މޮނިޓަރިން އިން ނަގައިފި

މ.ކޮޅުުފުށި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި މ.ކޮޅުފުށީގެ މޮޮނީޓަރިން އުވާލައިފި އެވެ.

ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. މީގެކުރިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ކޭސްއާއެކު އެ ރަށުގައި ބޮޑު ކްލަސްޓާއެއް އުފެދި އިތުރު 34 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކޮޅުފުށީގެ މޮނީޓަރިންގެ ހާލަތު އުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 60 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.