Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް - ފޮޓޯ: އަވަސް

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މުޙައްމަދު އިސްމާޢީލު ހައްޔަރު ކުރުމަކުން މުޒާހަރާ ނުހުއްޓުވޭނެ ކަމަށާއި އަދި މުޙައްދު އިސްމާޢީލު ވެސް ނުހުއްޓުވޭނެ ކަމަށެވެ.

"އޭނަ ޖެހިލުމެއްވެސް ނުވާނެ. ސަރުކާރު ފެއިލްނުވާކަމަކަށްވެސް ނުވާނެ. މިހާރުން މިހާރަށް މުޙައްމަދު އިސްމާޢީލު ދޫކޮށްލުމަށް ގޮވާލަން" އަދުރޭ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ މިވަގުތު އޮތީ ލޮކްޑައުނަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އިއްޔެ ވަނީ ވިދާޅުވެފައެވެ.