Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން، ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، އެސްބީއައި ކައިރީ ހުރި ގެއެއްގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.