Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

20 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަނީ

މާލެ ސަރަހައްދުގައި އުޅޭ އުމުރުން 20 އަހަރުން މަތީ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދޭން މާދަމާ ފެށުމަށް ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި މީގެ ކުރިން ވެކްސިން ދެމުން އައީ 25 އަހަރުން މަތީގެ މީހުންނަށެވެ.

ވެކްސިން ދިނުމުގެ ކަންކަން މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ހަތް ސެންޓަރުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ.