Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އަދަދު މައްޗަށް، މިއަދު 196 މީހުން ޕޮޒިޓިވް

ކޮވިޑު-19އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މަތިވަމުން އަންނަ އިރު މިއަދު އެކަނިވެސް 196 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން ވަނީ 196 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ މީހުންގެ ތެރެއިން 178 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. ހަތަރު މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. އަދި 12 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފައެވެ.

މިއަދުގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 19،793 އަށް އަރާފައެވެ. 17249 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 179 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަަނަށް މިބަލީގައި 62 މީހަކު ވަނީ މަރުވެފައެވެ.