Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިއަދު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދު މަތި

ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" ވެކްސިން -- ފޮޓޯ: މިހާރު

މިއަދު މާލެ ސަރަހައްދަށް ވުރެ އަތޮޅުތަކުން ކޮވިޑް-19 ގެ ވެކްސިން ޖެހި މީހުންގެ އަދަދު މަތިވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 5923 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 2291 މީހަކާއި އަތޮޅުތެރެއިން 3632 މީހަކު ކަމަށެވެ. އަދި މުޅި ޖުމްލަ 111،415 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން މިހާތަނަށް ޖުމްލަ 75163 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 36252 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މާލޭ ސަރަހައްދުގެ 7 ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 169 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ 100،000 ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައެވެ.