Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ލޯންޗަކާއި މަސް ދޯންޏެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ވިލިނގިލީ ފަޅުތެރޭގައެވެ. މި ހާދިސާގައި އެންމެ ބޮޑުވަރު ވެފައިވަނީ ލޯންޗުގައި ހުރި ޒުވާނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ތިން މީހުންނަށް ގއ.ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނައިރު، އެމީހުން މާލެ ފޮނުވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.