Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

މާލެ ސަރަހައްދުގެ ކެފޭތައް 48 ގަޑިއިރަށް ބަންދުކޮށް ހަޅުތާލަކަށް

މާލޭގެ ކެފޭއެއް - ފޮޓޯ: އަވަސް

މާލެ ސަރަހައްދުގެ ކެފޭތައް 48 ގަޑިއިރަށް ބަންދުކޮށް ހަޅުތާލަކަށް ދާން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކުގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިންނެވެ.

އެގިތުން އެމްއީޔޫ އިން ކުރި ޓްވީޓެއްގައި ބުނީ އާދޭސް ދެންނެވިއްޖެ ކަމަށާއި، ވަގުތު ވެސް ދެވިފައިވާއިރު ދެން އޮތީ މަދަނީ ބަސްނޭހުމަކާ ދިމާލަށް ދިޔުން ކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަނުން އިސްނަގައިގެން ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް 48 ގަޑިއިރަށް ނުވަތަ އެއަށް ވުރެ ވެސް ގިނަ ވަގުތަށް ބަންދުކުރަން ރާވަމުންދާ ކަމަށް އެމްއީޔޫ އިން ބުންޏެވެ.

އަދި ވިޔަފާރިތައް ހިންގުމަށް ހަމަހަމަ ފުރުސަތެއް ލިބެންދެން އެގޮތުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކެފޭ

މާލެ ސަރަހައްދުން ކޮވިޑް-19 ގެ ކޭސްތައް ފެނުން އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ ރޭގަނޑު 8 ގެ ފަހުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތައް ދިނުން މަނާކޮށްފައެވެ.

މިކަމާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން އަންނަނީ ވިޔަފާރިތަކަށް އޭގެ ސަބަބުން ގެއްލުންވާ ކަމަށް ބުނެ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.