Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ކެފޭތައް 8 ޖަހާއިރު ބަންދުކުރަން އެންގި އެންގުމުގެ މުއްދަތު އިތުރުކޮށްފި

މާލޭގެ ކެފޭއެއް - ފޮޓޯ: އަވަސް

މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 20:00 އިން ފެށިގެން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރި ކުރުން އިތުރު ދުވަސްތަކަކަށް ދަންމާލައިފިއެވެ.

އެގޮތުން އެޗްޕީއޭ އިން ބުނީ އެ މުއްދަތު ދަންމާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ،
ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް
ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މި ފިޔަވަޅު އަޅާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން 145 ކޭސް ފެނުނުއިރު އޭގެތެރެއިން 104 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.