Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

އޭދަފުއްޓަށް އަރާ ފޭބުން މަނާކޮށްފި

ބ. އޭދަފުށީ މޮނިޓަރިން އަށް ލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށި މޮނީޓަރިން އަށް ލާފައިވަނީ އެ ރަށު ފްލޫ ކްލިިކަށް ދެއްކި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ އޭދަފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 70 މީހަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖޭގެ 10 އަށް ވުރެ ގިނަ ރަށެއް މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.