Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ބައިލައްކަ އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒު ދީފި

ނައިބު ރައީސް ވެކްސިން ޖައްސަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބައިލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ދެވަނަ ޑޯޒު ދީިފިއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ 5533 މީހުން ޖަހާފައިވާ ކަމަށާއި އެއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 51،350 އަށް އަރާފައިވާ ކަމަށެވެ.

ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 2125 މީހުން ވަނީ ޖަހާފއެވެ. އެއާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 283،973 އަށް އަރާފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިން ކަމަށްވާއިރު، ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ.