Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިއަދު 162 މީހުން ކޮވިޑަށް ޕޮޒިޓިވް

ފޮޓޯ: މުހައްމަދު އަފްޒަލް/ވަގުތު

އިތުރު 162 މީހުން ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 76 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26،667 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2873 ކޭސް އެވެ. މި ބަލިން 23،803 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 74 މީހަކަށެވެ. މި ބަލީގައި 71 މީހަކު ވަނީ ނިޔާވެފައެވެ.